ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރަކަށް އައްޔަންކޮށްފި އެވެ.
އައްދު އައްޑޫ ސިޓީ ކައުންސިލްގެ ދެ ވަނަ ދައުރުގައި ކައުންސިލަށް އިންތިހާބުވީ އެމްޑީޕީ ޓިކެޓުގައެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރުގެ ތެރޭގައި އައްދު ވަނީ ޕީޕީއެމް އަށް ސޮއިކޮށްފަ އެވެ.
ޕީޕީއެމް އާއި ގުޅުމަށް ފަހު ކައުންސިލްގެ 3 ވަނަ ދައުރުގެ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ހުޅުދޫ ކައުންސިލަރުގެ މަގާމަށް އައްދު ވާދަ ކުރިއެވެ.
އެހެން ނަމަވެސް އިންތިހާބުގައި އައްދު އަށް ވަނީ ނާކަމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ.
އައްދު ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކަށް އައްޔަން ކުރުމާއި އެކު އައްޑޫގައި ތިއްބަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުންގެ އަދަދު މިހާރު ވަނީ 4 އަށް އިތުރުވެފައެވެ.