ފުލުހުންގެ އިންޓެލް ރިޕޯޓަކަށް ބިނާކޮށް ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅިގެން، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް، އެބޭފުޅާ މަރުވާނެ ދުވަސް ބަލައި ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
މެންބަރު އަރީފު މިކަމަށް އެދިވަޑައިގެންފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"ހެޔޮ ނުވާނެ އަޅުގަނޑު މަރުވާނެ ދުވަހެއް އިންޓެލް އިން ވިދާޅުވެ ދެއްވާ،" މެންބަރު އަރީފް
Alhugan'dah ves Neygey Alhugan'du raajje in beyrah furan ulhey kameh, heyo nuvaane Alhugan'du maruvaane dhuvaheh intel in vidhaalhuve dhevva pic.twitter.com/ilVMuFUL4s
— Hussain Areef (@husainaryf) 2 August 2017
މެންބަރު އަރީފުގެ ޕާސްޕޯޓް ހިފެހައްޓާފައި މިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ.
އެ އަމުރުގައި ބުނެފައިވާ ގޮތުން އަރީﷲުގެ ޕާސްޕޯޓް ހިފަހައްޓަނީ ރައްޔިތުންގެ މަޖިލީހުގައި ހިނގައި ދިޔަ ކަންތައްތައް ފުލުހުން ތަހުޤީގު ކުރަމުން އަންނާތީ، އޭނާ ފިލައިގެން ހިނގައި ދާނެ ކަމަށް ބެލެވޭތީއެވެ.
މިކަމާއި ގުޅިގެން އަރީފް ވިދާޅުވެފައި ވަނީ، އެބޭފުޅާ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަން އަމިއްލަފުޅަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.