އޮޑި ފައްތާލާފައި ބަޔަކު ގޮސްފި ކަމަށާއި މިއީ ހިތްވަރު ދެގުނަ ކުރަންޖެހޭ ވަގުތުތަކަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރުން ހިމެނިވަޑައިގަންނަވާ ވައިބަރ ގްރޫޕެއްގައި ރައީސް ވިދާޅުވީ އޮޑި ފައްތާލާފައި ބަޔަކު ދިޔަ ނަމަވެސް ހިތްވަރު ދެ ގުނަ ކުރަން ޖެހޭ ކަމަށެވެ. ރައީސް މިގޮތަށް ވިދާޅުވުމް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ވިދާޅުވީ އޮޑި ފައްތާލަން ބަޔަކު އުޅުނީ ކަމަށެވެ. އޮޑި އަދިވެސް ގަދަ ކަނޑުގައި ދުއްވަމުން ދަނީ ފުލް ސްޕީޑުގައި ފެންނަން އޮތް އަމާން ބަނދަރަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
Odi fahthaalaifi, hivvaru dheguna kuranjehey – Raees Yameen #OdiFethijje #VaathuSikundi pic.twitter.com/FPU1sHKSyY
— Ahmed Mahloof (@AhmedMahloof) August 2, 2017
ޖަމީލް އުސްމާން މިގޮތަށް ވިދާޅުވުމުން ރައީސް ވިދާޅުވީ ގއ. އަދި ގދ ގެ ބަނދަރު އަމާން ނޫންކަމަށެވެ.
ރައީސްގެ މިވާަހަކަފުޅުތަކަށް ތާއިދު ކުރައްވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޓީމެއްގެ ގޮތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭކަމަށެވެ.
ޝިޔާމްގެ މިވާހަކަތަކާއި ގުޅިގެން މެމްބަރު ރިފާއު ވިދާޅުވީ ބަނދަރުތަކުގައި ހުރި ކަންކަން އެނގޭނީ އޮޑިތައް ބަނދަރުތަކަށް ލަފައިގެން ކަމަށެވެ. އެހެންކަމުން ދަތުރުތައް އަވަހަށް ފަށަން ޖެހޭ ކަމަށައި ކޮޅިގަނޑު އޮތީ ވަރަށް ކައިރީގައި ކަމަށް ރިފާއު ވިދާޅުވެފައިވެއެވެ.