ޑިފެންސް މިނިސްޓަރު ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ އޮފިސަރުންނާއި ވާހަކަ ދެއްކެވި އޯޑިއޯ ލީކުވުމުން ސިފައިންތަކެއް ބަންދުކޮށް، ފޯނު އަތުލައި ބިރު ދެއްކުމަށް ކުރާ މަސައްކަތް ހުއްޓާލެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި އެސްޕީޖީގެ އޮފިސަރުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައިވިނަމަވެސް ގައުމީ ދިފާއީ ބާރުން އެފަދަ އެއްވެސް ވާހަކައެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
Defence Minister ge audio leak vumaieku,SPG officerun sifaingeyga bandhukoh,phone MPS ai havalukoh,thiyagothah biru dhekkun huttalan govalan
— Mohamed Nasheed (@MohamedNasheed) August 2, 2017
ނަޝީދުގެ ޓުވީޓުގައި ބުނެފައިވަނީ ބަންދުކުރި ސިފައިން ހައްޔަރުކޮށްގެން ބަހައްޓާފައިވަނީ ސިފައިންގޭގައެވެ. އަދި އެ އޮފިސަރުންގެ ފޯނު އަތުލުމަށްފަހު މިހާރު ފޯނު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށްވެސް ނަޝީދު ބުނެފައިވެއެވެ.
ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެސްޕީޖީގެ އޮފިސަރުންގެ އާއިލާތަކުން ވަނީ އޮފިސަރުންގެ ޚަބަރެއް ނުވެގެން ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ޑިފެންސް މިނިސްޓަރުގެ ލީކުވި އޯޑިއޯގައި އެސްޕީޖީ އޮފިސަރުން ދެއްކި ހިތްވަރަށް ތައުރީފުކޮށް އެމަނިކުފާނަކީ އެއިން އޮފިސަރެއްގެ މަގާމުގައި ހުރި ބޭފުޅެއް ނަމަ އެދުވަހު އިހުތިޖާޖުކުރި މީހެއްގެ ދަތްދޮޅި ދުއްވާލީސް ކަމަށް ބުނެފައިވެއެވެ.