Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އޯޑިއޯގެ ލީކާ ގުޅިގެން އެއްވެސް މީހަކު ބަންދެއް ނުކުރޭ: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އެސްޕީޖީ ބައެއް ސިފައިންނާއި ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ލީކްވި މައްސަލާގައި ސިފައިންގެ އެއްވެސް މީހަކު އެއްވެސް ކަހަލަ ބަންދެއް ނުކުރާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ ތެރޭގައި ގިނަ އަދަދެއްގެ އެސްޕީޖީ ސިފައިން ބަންދު ކުރި ވާހަކައަކީ ދޮގެއް ކަމަށާއި އެފަދަ ކަމެއް ނުހިގާ ކަމަށެވެ.

އާދަމް ޝަރީފްގެ އޯޑިއޯއެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލީކްވި އޯޑިއޯ މައްސަލާގައި ސިފައިންތަކެއް ބަންދުކޮށް، ފޯނު އަތުލައި ބިރު ދެއްކުމަށް ކުރާ މަސައްކަތް ހުއްޓާލެއްވުމަށެވެ.

ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފްވެސް ވަނީ އެސްޕީޖީ ސިފައިންތަކެއް ސިފައިންގެ ތެރޭގައި ބަންދު ކުރިކަމަށް ވިދާޅުވެފައެވެ. މަހްލޫފް ވިދާޅުވީ އެސްޕީޖީ ކުދިންގެ އާއިލާތަކުން އެކުދިންނާއި ނުގުޅިގެން އުޅޭ ކަމަށެވެ.