Last Updated: June 11, 13:58
Thursday, June 11, 2026
ސިޔާސީ

ނަޝީދު ހައްޔަރުކޮށްގެން ދޫނިދު އަށް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން ހުޅުމާލޭ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މަނިކުފާނު ހައްޔަރުކޮށްގެން، ދޫނިދު އަށް ގެންގޮސްފި އެވެ.

އެނގިފައިވާ ވާގޮތުގައި ފުލުހުން އެ މަނިކުފާ ހައްޔަރުކުރީ ލިލީމަގުން ސީއެޗްއެސްއީ ކައިރިންނެވެ.

މީގެ ކުރިން ވައުދުގެ ދަތުރުގައި ގދ. ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ވެސް ފުލުހުން ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްފައިވެ އެވެ.

ނަޝީދުގެ ޝަރީޢަތް އިންސާފުން އެއްކިބާވެ، އާއްމު އުސޫލްތަކާއި ޚިލާފަށް ހިންގަން އުޅޭ ކަމަށް ބުނެ އަދި ފުލުހުން އެ މަނިކުފާނު ހައްޔަރު ކުރުމަށް ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީއަށާއި އެ މަނިކުފާނަށް ތާޢީދު ކުރާ މީހުން ގ. ކެނެރީގޭ ކުރިމައްޗަށް ދިއުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ނަޝީދި ކޯޓަށް ހާޒިޒުވުމަށް ޗިޓް ފޮނުވާފައިވެ އެވެ. އެހެން ނަމަވެސް ކޯޓަށް ހާޒިރުވެ ވަޑައިނުގެން ނަޝީދު ވަނީ އިންޑިއަން ހައި ކޮމިޝަނުގެ ތެރޭގައި 11 ދުވަހު އުޅުއްވައިފަ އެވެ.

ނަޝީދު ކޯޓަށް ހާޒިރު ކުރަނީ އެ މަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ނިޒާމުން ގެއްލުވާލި މައްސަލާގައި އުފުލާފައިވާ ދައުވާގެ ޝަރީއަތަށެވެ.