ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ބަހައްޓަން ނެރުނު އަމުރު އިސްތިއުނާފް ކުރި މައްސަލައިގެ ޝަރީޢަތަށް ވަދެވޭނީ ހަމައެކަނި އާއިލާގެ މީހުންނަށް ކަމަށް ހައި ކޯޓުން އަންގައިފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 9:15 އަށް ތާވަލް ކުރި އަޑުއެހުމަށް ފާރިސްގެ އާއިލާގެ މެންބަރުން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނުވަދެވޭނެ ކަމަށް ހައި ކޯޓުގެ އަޑުއެހުމަށް ދިޔަ ނޫސްވެރިންނަށް ވެސް ވަނީ އަންގާފައެވެ.
HC says that only the immediate family can go in to @afarismaumoon's Appeal Hearing. I am going into the Hearing shortly. #freefaris
— Yumna Maumoon (@yumna_maumoon) August 3, 2017
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރު ކޮށް، އެ މައްސަލައިގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ފާރިސްގެ ފަރާތުން ހައި ކޯޓްގައި އިސްތިއުނާފަށް ހުށައަޅާފައި ވަނީ ޖުލައި 23 ގައެވެ.