ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ތުހުމަތު ކުރެވޭ ސ. ހުޅުދޫ މީހަކާ އެކު އިތުރު ދެ މީހެެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ މަހުގެ 16 އަދި 18 ވަނަ ދުވަހު މާލޭގައި ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ތިން މީހުންނަކީ ގދ. ފަރެސްމާތޮޑާ މާތޮޑާއަވަށް، ސޭޑީހައުސް މުޙައްމަދު އީމާން، 21، އާއި ސ. ހުޅުދޫ އާސްމާނުވިލާ، ޢަލީ ޝާން، 28، ގެ އިތުރުން ގދ. ގައްދޫ ނީލޯފަރުމާގެ، ޢުމަރު ޤާހިރު، 20، ގެ މައްޗަށެވެ.
މި ތިން މީހުންގެ ތެރެއިން މުޙައްމަދު އީމާން އާއި ޢަލީ ޝާންގެ މައްސަލަައިގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ޢުމަރު ޤާހިރުގެ މައްސަލަ ޕީޖީ އަަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.