Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

ގދ އާއި ގއ. ގެ ބަނދަރުތައް އަމާނެއް ނޫން: ރައީސް

ޕީޕީއެމްގެ ކެމްޕެއިން އިވެންޓަކަށް ރައީސް ޔާމީން ގއ. ވިލިނގިއްޔަށް ވަޑައިގެން ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުޘްމާން އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އާއި އެކު. ފޮޓޯ: ރައީސް އޮފީސް

ގއ. އަދި ގދ. އަތޮޅުގެ ބަނދަރުތައް އަމާން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ޕީޖީ ގްރޫޕްގައެވެ.

ސޯޝަލް މީޑިޔާގައި ލީކްވެފައިވާ ވައިބަރ ގްރޫޕްގެ މެސެޖްތަކުން ހާމަވާ ގޮތުގައި ރައީސް ޔާމީން ބަނދަރުތައް އަމާން ނޫން ކަމަށް ވިދާޅުވެފައި ވަނީ އެ ރަށްތަކުގެ މަޖިލިސް މެންބަރުން އަދި ކައުންސިލް މެންބަރުންތައް ސަރުކާރާއި ދެކޮޅަށް ނިކުމެފައިވާތީއެވެ.

ރައީސް ޔާމީންގެ މެސެޖުތަކަށް ފަހު މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެފައި ވަނީ ބަނދަރުތަކުގައި ހުރި މައްސަލަތައް އެނގޭނީ އޮޑިތައް ބަނދަރު ތަކަށް ލަފައިގެން ކަމަށެވެ.

އަދި އެ ބަނދަރުތަކަށް ދަތުރު އަވަސް ކުރަން ޖެހޭ ކަމަށް ވެސް ރިފާއު ވަނީ ވިދާޅުވެފައެވެ.