Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މެމްބަރު އަމީތު ހޮސްޕިޓަލަށް ގެންގޮސްފި

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް ވަންކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

އަމީތް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މައިބަދައިގެ އެކްސްރޭ އެއް ނެގުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އަމީތު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ އާއިލާއަށް އަދި ވަކީލުންނަށްވެސް ނާންގާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވެފައިވަނީ އަމީތު ހޮސްޕިޓަލަށް ގެނައީ ކީއްވެގެން ކަންވެސް ހާމަކޮށްފައިނުވާ ކަމަށެވެ. އަދި އޭނާއާ ބައްދަލުކޮށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ދީފައިނުވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މެމްބަރު އަމީތުގެ އިތުރުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ތިން މެމްބަރުންނަކީވެސް އިލެކްޝަންސް ކޮމިޝަނުން މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ ތިން މެމްބަރުންނެވެ.