އެކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ޝަރަފްވެރި ބައެއް ފަރާތްތަކުން އެމަނިކުފާން ދޫކުރައްވައި، ގައުމު "ފަނާކުރަނިވި" ސިޔާސަތު ގެންގުޅޭ ބަޔަކާއި ގުޅުމުގެ ސަބަބުން ސިކުނޑި ގޮވާވަރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭޭގައި އިމާރާތް ކުރި ތިން ބުރީގެ އިޖުތިމާއީ މަރުކަޒު "ފަހިވެނި" ހުޅުވައިދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދުވަހަކުވެސް ދެކެން ބޭނުންނުވާފަދަ ޝަރަފުވެރި އިއްޒަތްތެރި ބޭފުޅުން ހިދާޔަތާއި ކުރިއެރުން ހޯއްދަވަން މަސައްކަތްޕުޅު މި ކުރައްވަނީ ފަނާކުރަނިވި ކަންތައްތަކެއްގެ ތާރީހެއް އޮތް ބަޔަކާއެކު ކަމަށެވެ.
ނަމެއް ވިދާޅުވި ނަމަވެސް އެމަނިކުފާން އިޝާރާތް ކުރެއްވީ އެމަނިކުފާން ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށެވެ.
ޔާމީން ވިދާޅުވީ މިކަމާއި ދޭތެރޭ ވިސްނާ ވިސްނާ އެއްވެސް ޖަވާބެއް ނުލިބުނުކަމަށާއި ސިކުނޑި ގޮވާވަރުވެއްޖެ ކަމަށެވެ.
ޔާމީން މިފަދައިން ވިދާޅުވެފައިވާ އިރު ދާދިފަހުން އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ރައީސް މައުމޫން ވަނީ ނުސީދާކޮށް "ސިކުނޑި ވާތަށް އެލުވިފައިވާ" ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ފާޑު ވިދާޅުވެފައެވެ.