Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އިދިކޮޅު ޕާޓީތަކުން ހަތަރު އަތޮޅެއްގައި މުޒާހަރާކޮށްފި

ގ.ދ ތިނަދޫ ރައްޔިތުން އެއްވެ މުޒާހަރާ ކުރަނީ - ފޮޓޯ މިހާރު

މަޖިލިސް މެމްބަރުން ހައްޔަރުކުރުމާއި ގުޅިގެން މެމްބަރުން ދޫކޮށްލުމަށާއި ރައީސް ޔާމީން އިސްތިއުފާ ދިނުމަށް ގޮވާލައި މާލެ އާއި އައްޑޫގެ އިތުރުން ގދ އަދި ގއ ގެ ރަށްތަކުގައި މިއަދު ރައްޔިތުން ނިކުމެ މުޒާހަރާކޮށްފިއެވެ.

ގދ ތިނަދޫ އަދި ގައްދޫގައި އެރަށްތަކުގެ ރައްޔިތުންގެ ނިކުމެ މުޒާހަރާކޮށް އަޑު އުފުލާފައިވާއިރު ގ.އ އިން ވިލިނގިއްޔާއި ކޮލަމާފުށީ ރައްޔިތުންގެ ވަނީ އެއްވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ.

އައްޑޫގައި ވެސް މިއަދު ސަރުކާރުގެ ސިޔާސަތުތަކާއި މަޖިލިސް މެމްބަރުން ހައްޔަރުކުރުމާއި ދެކޮޅަށް އެއްވެ އަޑުއުފުލާފައިވާއިރު ވެރިރަށް މާލޭ ސިޓީގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ.

މިއަދުގެ މުޒާހަރާގައި ބައިވެރިވި މެމްބަރުންނަށް ފުލުހުންގެ ފަރާތުން ހުރަސްއެޅުން ކުރިމަތިވެފައިނުވާކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ފާހަގަކޮށްފައެވެ. މި އަހަރުގެ މިނިވަން ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުން ރޫޅާލުމަށް ވަން ފުލުހުން ވަނީ ނޫސްވެރިންނަށާއި ބައެއް މެމްބަރުންނަށް ފާޅުގައި ލައިވް ޓީވީގައި އަނިޔާކޮށްފައިކަން އިދިކޮޅު ފަރާތްތަކުންނާއި މީޑިޔާތަކުން ވަނީ ފާހަގަކޮށްފައެވެ.