Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މާފުށީގައި ފުލުހަކަށް ދިން ހަމަލާ އާއި ގުޅިގެން އައިސީޔޫގައި ފަރުވާ ދެނީ

ހިތަދޫ ކޯޓް ކައިރީގައި ފުލުހުން .ހަރަކާތްތެރިވަނީ

ރޭ ކ. މާފުށީގައި ކުރިއަށް ދިޔަ ފުލުހުންގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން އައި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ މައުލޫމާތު ލިބިގެން އެކަން ހުއްޓުވުމަށް ދިޔަ ފުލުހުންގެ ތެރެއިން އޮފިސަރަކަށް ހަމަލާ ދީފައިވަނީ ލޯންޗުން މޫދަށް ފުންމާލި މީހަކު ރަށަށް އަރަން އުޅެނިކޮށް އޭނާ ހިފަހައްޓަން މަސައްކަތް ކުރަނިކޮށެވެ.

ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާގެ އިތުރުން ރޭ ވަނީ ތިން މީހުން ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ފުލުސް މީހާގެ ހާލު ސީރިއަސްއެވެ.

ރޭ ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ޒަޚަމްވި ފުލުސް މީހާ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދެމުންދަނީ ހާލު ސީރިއަސް ކަމުން އައިސީޔޫގައެވެ.