Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހުޅުދޫގައި ހުރި ރައީސްގެ ޕޯސްޓަރުގައި "ވަގަށް" ލިޔެފި

ހުޅުދޫގެ ނަރުދަމާ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތާއި ދިމާކޮށް ބެހެއްޓި ރައީސް ޔާމީންގެ ބޮޑު ޕޯސްޓާގައި ބަޔަކު "ވަގަށް" ލިޔެފިއެވެ.

ޕީޕީއެމް ހުޅުދޫ އިސްއޮފިޝަލަކު ބުނީ ރައީސް ޔާމީންގެ ޕޯސްޓަރ ހަލާކުކޮށްލުމުގެ އިތުރުން މީގެ އެއްދުވަސް ކުރިން އެރުގައި ހުންނަ ޕީޕީއެމް އޮފީހުގައި ބަހައްޓާފައިވާ ޕްރޮޖެކްޓަރވެސް ބަޔަކު ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ބުނީ ޕީޕީއެމްގެ ތަކެއްްޗަށާއި ޕޯސްޓަރަށް ގެއްލުން ދެނީ ގޮތް ހުސްވުމުން ކަމަށެވެ.

ހުޅުދޫގައި ބަހައްޓާފައިވާ ޕޯސްޓަރގައި ލިޔެފައިވާ އިރު މީގެ ކުރިން މަރަދޫގައި ބެހެއްޓި ރައީސް ޔާމީންގެ ޕޯސްޓަރގައި ހުރި އެމަނިކުފާންގެ ފޮޓޯގެ ބޯ ވަނީ ކަނޑާލާފައެވެ.