އެމްއެމްއޭ ކުރިމަތިން މޫދަށް ވެއްޓުނު އަންހެން ކުއްޖަކު އެމްއެމްއޭ މުވައްޒަފަކު ސަލާމަތްކޮށްފިއެވެ
Moodhah vettunu kujjaku salaamiy kurumuga @MMA_Maldives staff Adam Husham ge hushiyaaru kamaa dhekkevi hiyvvarah assaribahai saabas. ?????? pic.twitter.com/kqm8ljoxyY
— aminath nadira? (@a_nadraa) August 5, 2017
މިއަދު 3:15 ހާއިރު ހިނގި މިހާދިސާގައި މޫދަށް ވެއްޓުނު އަންހެން ކުއްޖާ ސަލާމަތްކޮށްދިނީ އެމްއެމްއޭގައި ވަޒީފާ އަދާކުރަމުންދާ އާދަމް ހުޝާމްއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 12 ނޫނީ 13 އަހަރުގެ އަންހެން ކުއްޖާ މޫދަށް ވެއްޓުނީ ތޮށިގަނޑުމަތިން ހިނގާލާފައި ދަނިކޮށް ފައި ކައްސާލައިގެންނެވެ. އެވަގުތު ހުޝާމް ވަނީ ރަސްމީ ހެދުމުގައި ހުރެ އެކުއްޖާ ސަލާމަތް ކުރުމަށް މޫދަށް ފުންމާލާފައެވެ.
ހުޝާމުގެ މަސައްކަތުން އެކުއްޖާގެ ފުރާނަ ސަލާމަތް ކޮށްދިނުމާއި ގުޅިގެން މި ބަޠަލަށް އެތައް ބަޔކު ދަނީ ހިތްވަރުދީ ސާބަސް ދެމުންނެވެ.