Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އާސިރު މަގާމުން ވަކިކޮށްފި

ފެނަކަ އައްޑޫ ބްރާންޗުގައި ވަޒީފާ އަދާކުރަމުންދިޔަ ސ. ފޭދޫ ފަޅޯމާގެ، ހުސެން އާސިރު އެމަގާމުން ވަކިކޮށްފިއެވެ.

އޭނާ ވަކިކުރިކަން މިއަދު އަންގާފައިވާއިރު ވަކިކޮށްފައިވަނީ ސަބަބެއް އެންގުމެއް ނެތި މާ ގިނަ ދުވަސް ވަންދެން ވަޒީފާއަށް ނިކުމެފައިނުވާތީ ކަމަށް ބުނެފައިވެއެވެ.

އޭނާއަށް ވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ކުއްލި ގޮތަކަށް ސަބަބެއް އެންގުމެއް ނެތި ކުރިނބީ ފެނަކަ ބްރާންޗަށް ބަދަލުކޮށްފައިވާ ކަމަށް އަންގައި ތިން ދުވަހުގެ ތެރޭގައި ހާޒިރުވުމަށް އަންގާފައެވެ.

ނަމަވެސް ކުރިނބީއަށް ދެވޭނެ ގޮތެއް ނެތް ކަމަށްބުނެ އާސިރުވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފަށް ސިޓީއެއް ލިޔެފައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ސިޓީއަށް ޖަވާބު ދިނުމެއް ނެތި ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މުސާރަވެސް ދީފައިނުވާކަމާށް ބުނެ އާސިރު ވަނީ ޝަކުވާކޮށްފައެވެ.