އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރާއްޖެ ވަޑައިގެންފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
ފާއިތުވި ހަފްތާގައި އިންޑިޔާ އަށް ވަޑައިގެންނެވި އިރު އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ އެއް ހުށަހަޅާފައި ވަނިކޮށެވެ.
އުއްތަމަ ފަނޑިޔާރު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅާއި ބެހޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށް ގާޒީންތަކެއް މަސައްކަތް ކުރައްވާ ކަމުގެ އަޑު ފެތުރިފައި ވާތީ، އެކަމުގައި ގާޒީން ބައިވެރިވޭތޯ ބަލައިދިނުމަށް އެދި ޑިޕާޓްމަންޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް ސިޓީ ފޮނުވާފައިވާ ކަން ފާހަގަކޮށްލެވެއެވެ.