Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މާލޭން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން އާއިލާ އާއި ރައްޓެހިން އޭނާ ހޯދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯދަނީ ގދ.ފަރެސްމާތޮޑާ، ގަނދަކޯޅިމާގޭ އަބްދުﷲ ޝާޒު (40އ)އެވެ. އޭނާ ގެއްލިގެން ހޯދުމަށް އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އާއިލާ އާއި ރައްޓެހިން ހަދާފައިވާ ޕޯސްޓެއް ޝެއާ ކުރަމުންނެވެ.

އޭނާ އެންމެ ފަހުން ފެނިފައިވާކަމަށް އެ ޕޯސްޓްގައި ބުނެފައިވަނީ ރޭ 11:30 ހާއިރު ގާޑިއާއެއް ކައިރިން ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޝާޒުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7848863 ނަމްބަރަށް ނުވަތަ 9559900 ގުޅުމަށް އާއިލާއިން އެދެއެވެ.