Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

ރައީސް ޔާމީނަށް ޝުކުރު ދަންނަވަން ޚާއްސަ ހަރާކާތެއް މާލޭގައި

ރައީސް އަބްދުﷲ ޔާމީން އަށް ޝުކުރު ދެންނެވުމަށް މާލޭގައި ޕެރަމޯޓާ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތް އިންތިޒާމްކުރި ޓީމުން ބުނި ގޮތުގައި މިއީ، ރައީސް ޔާމީންގެ ވެރިކަމުގައި އެކި ދާއިރާތަކުން ރާއްޖެ ތަރައްގީ ކުރައްވާތީ އެކަމަށް ޝުކުރު އަދާކުރުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.

މާފަންނު ޓްރެކް ސަރަޙައްދުގައި ބޭއްވި ޕެރަމޯޓަރ އުދުހުމުގެ ހަރަކާތް ބައްލަވާލެއްވުމަށް ރައީސް ޔާމީންގެ އިތުރުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވެސް ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ބައެއް މަޖިލިސް މެންބަރުންނާއި ވަޒީރުން ވެސް ޕެރަމޯޓާ ހަރަކާތް ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ.

ޕެރަމޯޓާ ހަރަކާތަކީ ބުރަފައްޗެއް ހަރުކޮށްގެން ވައިކުޑައެއްގެ އެހީގައި ޕައިލެޓަކާއެކު އުދުހުމުގެ ފުރުސަތު ލިބޭ ހަރަކާތެކެވެ.

މިއަދު ހަވީރު ބޭއްވި ޕެރަމޯޓާ އުދުހުމުގައި ހަތް އުޅަނދެއް ބޭނުންކޮށްފައި ވާއިރު ޕެރަމޯޓަރ އުދުހުމުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ނަން ނޯޓު ކޮށްފައެވެ.

ބައިވެރިންގެ ތެރެއިން ވަގުތު އޮތް މިންވަރަކުން ފުރުސަތު ދީފައިވާިއރު ޕެރަމޯޓާގައި އުދުހުނީ ޕްރޮފެޝަނަލް ހަތް ޕައިލެޓުންގެ އެހީތެރިކަމާއެކުއެވެ.