Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

"ޗަންދާ މާމާ ދޫރް ކޭ" ގެ ބަތަލާއަކަށް ޝްރަދާ

"ޗަންދާ މާމާ ދޯރް ކޭ" ގެ އަންހެން ލީޑަކަށް ޝްރައްދާ ކަޕޫރް ހަމަޖައްސައިފި އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ވަރަށް އަވަހަށް ޝްރައްދާ ވެސް ފިލްމަށް ތައްޔާރުވުމުގެ ގޮތުން ނާސާ އަށް ގޮސް އޭނާގެ ޓްރެއިނިން ފަށާނެ އެވެ. އެ ފިލްމަކީ ތިން އެސްޓްރޮނައުޓުން ކަމަށްވާ ނަވާޒުއްދީން ސިއްދިޤީ، ސުޝާންތް އަދި ޝްރައްދާގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އަދި ފިލްމްގެ ޓީމް ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޝޫޓިން ފަށާނެ ކަމަށާއި، އެހެންނަމަވެސް އޭގެ ކުރިން ޝްރައްދާ އޭނާ ރޯލަށްޓަކައި ވަރަށް އަވަހަށް ޓްރެއިނިން ފަށާނެ ކަމަށް ވެސް މަޢުލޫމާތު ލިބެ އެވެ.

އެ ފިލްމްގެ ފިރިހެން އެއް ލީޑް ކަމަށްވާ ސުޝާންތް ސިންގް ރާޖްޕޫތު ވަނީ މާ ކުރީއްސުރެ އެ ފިލްމަށް ތައްޔާރުވާން ފަށާފައެވެ. ސުޝާންތް ވަނީ އެމެރިކާގައި ހުންނަ ނާސާގެ ސްޕޭސް ޝަޓަލް ސިމިއުލޭޓަރ (ލޫނާ މޮޑިއުލް/މާސް ލޭންޑަރ ސިމިއުލޭޝަން) ގައި ޓްރެއިނިން ހެދުމަށްފަހު ދާދިފަހުން އެނބުރި އިންޑިއާއަށް އައިސްފައެވެ. އެގޮތުން ސުޝާންތް ވަނީ ސްޕޭސް ސޫޓް (ޖައްވުގައި ލާ ހާއްސަ ހެދުން) އާއި މަލްޓި-އެގްޒިސް ޓްރެއިނާ ބޭނުންކޮށްގެން ޓްރެއިނިން ހަދާފައެވެ. އަދި މީގެ އިތުރުން ވެސް އޭނާ ވަނީ ޒީރޯ ގްރެވިޓީ ވެސް ތަޖުރިބާ ކޮށްފަ އެވެ.

"ޗަންދާ މާމާ ދޫރް ކޭ" ގެ މުހިންމު ރޯލަކުން އާރް. މާދަވަން ވެސް ފެނިގެންދާނެ އިރު، އެ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި 26 ޖެނުއަރީ 2018 ގައެވެ.