Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހުޅުމާލޭ ގުދަނެއްގައި ރޯވެ 22 މީހަކު ފިހިއްޖެ

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ހުރި އަމީން ކޮންސްޓްރަކްޝަން ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހަކު ފިހި ފަރުވާ ދެމުން އެބަދެއެވެ.

ރޭ ދަންވަރު 12:18 ހާއިރު ހިނގި މިހާދިސާގައި ސީރިއަސްވި 8 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު އެކަކު ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު މީހުން ހުޅުމާލޭ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސް މީހުން ފަހުން ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައެވެ. ފިހުނު މީހުންގެ ތެރޭގައި ހިމެނެނީ އެކުންފުނީގެ އިންޑިއާ އަދި ބަންގްލަދޭޝް މުވައްޒަފުންނެވެ.

ތިރީ ބައި ގުދަނަކަށް އަދި މަތީ ފަންގި ފިލާގައި މީހުން ދިރިއުޅޭ ގޮތަށް ހަދާފައިވާ މި އިމާރާތުގައި އަލިފާން ރޯވި ސަބަބެއް އަދި ދެނެގަނެވިފައި ނުވެއެވެ. ނަމަވެސް މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ދަނީ ތަހްގީގު ކުރަމުންނެވެ.