Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މެމްބަރު ސައުދުގެ މަންމަ ނިޔާވެއްޖެ

އިލެކްޝަން ކަމިޝަނުން ގޮޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ގއ. ވިލިނިގިލީ ދާއިރާގެ މެމްބަރ ސައުދު ހުސެއިންގެ މަންމަ ނިޔާވެއްޖެއެވެ.

ސައުދުގެ މަންމަ ނާސިރާ ނިޔާފެވައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.

ސައުދުގެ އާއިލާ ބޭފުޅަކު ވިދާޅުވީ ނާސިރާ ނިޔާވީ އިތުރުފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދަނިކޮށްކަމަށެވެ.

އެނގިފައިވާ ގޮތުގައި ނާސިރާ ނިޔާވީ ފުރަމޭ ހަލާކުވެގެންނެވެ.

ސައުދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ މިހާރު ވަނީ އުފުލާފައެވެ. އެއީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލުމަށް ރޭވި ކަމުގެ ތުހުމަތުގައެވެ.