Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

މާލޭ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި

ފޮޓޯ: ފުލުހުން

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެގޮތުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި، އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެރޭ ވަނީ 24 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ.

އެ އޮޕަރޭޝަނުގައި ކޯޓް އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލައިފާސްކުރުމުން ވަނީ ކެނެބިސްކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓާއި، 2 ޖޫސްޕެޓީ ކޮތަޅާއި ދަތްކޮށްޓާ އިލޮށި ދަޅެއް ފެނިފައެވެ. އެތަކެތީގެ ބަރުދަނުގައި 1 ކިލޯ 226 ގްރާމް ހުރި ކަމަށް ބެލެވޭއިރު، އެގެއިން ވަނީ ހެރޮއިން ކަމަށް ބެލެވޭ 2 ޖޫސްޕެޓީ ކޮތަޅާއި ތިން ރަބަރު ޕެކެޓް ވެސް ހޯދާފައެވެ. އެތަކެތީގައި ބަރުދަނުގައި 188 ގްރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.