ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ، މެރުމަށް ހުކުމްކޮށްފައިވާ ހ. ލޮބީ ހުސެއިން ހުމާމް ރިސޯޓަކަށް ގެންގޮސް އޭނާ އާއި ދައުލަތުގެ އިސްވެރިޔަކު ބައްދަލު ކުރި މައްސަލަ އެއް ބަލަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި މިއަދު ބޭއްވި ޕީޕީއެމްގެ އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް ޖަލުން ނެރެގެން ރިސޯޓަކަށް ގެންގޮސް ހުމާމްއާ ބައްދަލުކުރީ ދައުލަތުގެ އިސް ބޭފުޅެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމަށް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.