ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 13 އަހަރާއި 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ފުޓްބޯޅަ މުބާރާތް އައްޑޫ ސްޓޭޑިއަމްގައި ފަށައިފި އެވެ.
މުބާރާތް ފެށުނުގެ ގޮތުން އިއްޔެ ހަވީރު ކުޅުނު 13 އަަހަރުން ދަށުގެ މެޗް ބޮޑު ތަފާތަކުން ކާމިޔާބް ކުރީ ޝަމްސުއްދީން ސްކޫލެވެ. މަރަދޫ ސްކޫލް އާއި ވާދަކޮށް ޝަމްސުއްދީން މޮޅުވީ 7-1 ލަނޑުންނެވެ.
މި މެޗްގަައި ޝަމްސުއްދީންގެ މުހައްމަދު ސައްޔަދު ހަސަން ހެޓްރިކް ހަދާފައިވާއިރު މާއިޝް އަޝްރަފް ވަނީ ދެ ގޯލް ކާމިޔާބްކޮށްދީފައެވެ. އެޓީމްގެ އަނެއް ދެ ލަނޑު ޖެހީ 3 ލަނޑު ޖެހީ ހާމް ހަބީބް އާއި ނިޝާރު ނަޒީރުއެވެ. މަރަދޫ ސްކޫލުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖަހާދިނީ މެޗް ފެށުނުތަނާ ހެން އަލީ އާލިފް އަބްދުﷲއެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗް 4-0 ލަނޑުން ކާމިޔާބް ކުރީ ފޭދޫ ސްކޫލެވެ. އެޓީމަށް ލަނޑުޖަހާ ދިނީ މުހައްމަދު އަލްދީން އާއި މުހައްމަދު އާއިޝް ޝަރީފްއެވެ. ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ދެ ގޯލް ޖަހާފައެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ 15 އަހަރުން ދަށުގެ މެޗެކެވެ. ބައްދަލު ކުރާނީ ހިތަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލެވެ.
ލީގު އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރު ފުރާގައި 7 ސްކޫލަކުން ވާދަކުރާއިރު 15 އަހަރުން ދަށުގެ އުމުރު ފުރާގައި ހިނެނެނީ 5 ސްކޫލެކެވެ.