Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ތަހުގީގަކަށް ފުލުހުން މަރަދޫ މީހަކު ހޯދަނީ

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްޑޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހޯދަމުން އަންނަނީ މަރަދޫ، ވިހިލި ނޫރުލް އަމީން، 31، އެވެ.

ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792358 އަށް ގުޅައި ހިއްސާ ކުރަން އެދޭ ކަމަށެވެ.

އެހެން ނަމަވެސް ނޫރު ހޯދަނީ ކޮން ތަހުގީގު ކުރަމުން އަންނަ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.