Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

5ރ. ގެ އާ ނޫޓް މި މަހުގެ ބޭނުން ކުރަން ފަށަނީ

ރާއްޖެއަށް އަލަށް ތަޢާރަފް ކުރާ ފަސް ރުފިޔާގެ ނޫޓްތައް މި މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީ އިން ބުނެފައިވާ ގޮތުގައި ރަން ދިހަ ފަހެއްގެ ނޫޓް ސީރީސްގެ ފަސް ރުފިޔާގެ ނޫޓްތައް ވަނީ ޗާޕު ކުރެވި، މިދިޔަ މަހުގެ 23 ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައެވެ.

އާ ފަސް ރުފިޔާގެ ނޫޓް ތަޢާރަފް ކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އިސްކަންދަރު ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ނޫޓް ދައްކާލެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ފަސް ރުފިޔާގެ އާ ނޫޓަކީ މިހާރު ބޭނުން ކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިމެނޭ ނޫޓެކެވެ.

ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ.

އަދި ނޫޓުގެ ފަހަތުގައި ކުރަހާފައި ވަނީ ސަންގެކެވެ. އެއިން ދައްކައި ދެނީ މުއާސަލާތު ކުރުމަށް ކުރިން ގެންގުޅުނު ވަސީލަތެއްކަމެވެ.

އެ ނޫޓްގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ މަޝްހޫރު ފޮޓޯއެއް ވެސް ވަނީ ހިމަނާފައެވެ.

އެ ނޫޓުގައި އެހެން ނޫޓުތަކާ ތަފާތު އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ނޫޓުގެ ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެ ތެރެއިން އަނެއް ފަރާތް ފެންނަ ގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުރެ އެވެ.