ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައި މަޝްހޫރު "ޓައިޓޭނިކް" ގެ ބަޠަލް ލިއޮނާޑޯ ޑިކެޕްރިއޯ ޗުއްޓީ ނިންމާލުމަށްފަހު ފުރަން ދިއުމުން ނުފުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތާށިވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލިއޮނާޑޯ އެއާޕޯޓްގައި ތާށިވީ އޭނާ ދަތުރުކުރަން ހަމަޖެހިފައިވާ ޕްރައިވެޓް ޖެޓަށް މައްސަލަ ޖެހިގެންނެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
ލިއޮނާޑޯއާއި އެކު ރާއްޖެއައި އޭނާގެ އެހެނިހެން ބައިވެރިންވެސް މިވަގުތުތިބީ އެއާޕޯޓްގައެވެ. މިކަމާއި ގުޅޭ ގޮތުން އެއާޕޯޓްސް ކޮމްޕެނީގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއައި ލިއޮނާޑޯ އާއި އޭނާގެ އެކުވެރިން ވަނީ ޗުއްޓީ އާއި ގުޅޭ ވީޑިއޯއެއްވެސް ޔޫޓިއުބްގައި ޝެއާކޮށްފައެވެ.