Last Updated: June 20, 13:31
Saturday, June 20, 2026
ކުޅިވަރު

ބޭލް އަންނަން ހުރި ނަމަ ގެންނަން ތައްޔާރު: މޮރީނިއޯ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް، ގެރެތް ބޭލް ކުލަބު ދޫކޮށްލަން ބޭނުންނަމަ ޔުނައިޓެޑަށް އޭނާ ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

މިރޭ ދެ ޓީމު ބައްދަލުކުރާ ސުޕަކަޕް މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން މޮރީނިއޯ ބުނެފައިވަނީ ބޭލްއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އަންނަން ބޭނުމިއްޔާ ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

މި ޓްރާންސްފާ ސީޒަން ފެށުނީއްސުރެ ބޭލް މެން ޔުނައިޓެޑާއި ގުޅެން އުޅޭކަމަށް ސްޕެއިން އަދި އިނގިރޭސި މީޑިޔާތަކުގައި ވަނީ އަޑު ފެތުރިފައެވެ.

ނަމަވެސް ޒިދާން ވަނީ ބޭލް ނުވިއްކާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ދީފައެވެ. ރިޕޯޓުތައް ބުނާގޮތުގައި ރެއަލްއިން މޮނަކޯގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުންދާތީ ބޭލްއަށް އަންނަ ސީޒަނުގައި ފުރުސަތު ނުލިބޭނެތީ ބޭލް ބޭނުންވަނީ އާކުލަބެއްގައި އަންނަ ސީޒަނުގައި ކުޅުމަށެވެ.