ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދޭތެރޭ މިސަރުކާރުން ކަންތައް ކުރަމުން ދަނީ އިންސާނަކާ ދެތެރޭ ކަންކުރަންވާ ގޮތަށް ނޫން ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް ސަމީރު ވިދާޅުވެއްޖެ އެވެ.
ސަމީރު ވިދާޅުވެފައިވަނީ ގާސިމަށް ރާއްޖެއިން ފަރުވާ ނުކުރެވި ބޭރު ގައުމުން ފަރުވާ ހޯދުމަށް މަޖުބޫރުވެފައިވިނަމަވެސް ދިވެހި ސަރުކާރުން ގާސިމްގެ ޕާސްޕޯޓު ހިފަހައްޓައި، ތަކުރާރުކޮށް އާއިލާއާއި ވަކީލުން ގާސިމް ބޭރަށް ފޮނުވައިދިނުމަށް އެދުމުންވެސް އެކަމަށް ވަނީ ދެކޮޅު ހަދާފައެވެ.
ސަމީރު ވިދާޅުވެފައިވަނީ ގާސިމްއަށް ފަރުވާކުރުމަށް އޮޕަރޭޝަނެއް ހަދަން ޖެހޭ ކަމަށާއި ޑޮކްޓަރުން އިއްޔެވެސް އެ އޮޕަރޭޝަން ހަދަން ޖެހޭ ކަމުގެ މުހިއްމު ކަމުގެ ވާހަކަ ދައްކާފައިވާ ކަމަށެވެ.
އެތައް ދިވެހިންނަށް ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް އެހީތެރިވެދެއްވި ގާސިމް އިބްރާހިމް ސިއްހީ ފަރުވާއިން މަޙްރޫމް ކުރުމަކީ އެމަނިކުފާނަށް ދިވެހި ސަރުކާރުން ދޭ ލާއިންސާނީ އަނިޔާއެއް ކަމަށް ސަމީރުވަނީ ސިފަ ކުރައްވައި ނުރުހުން ފާޅުކޮށްފައެވެ.