Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސައުދުގެ ގޮނޑީގެ މައްސަލަ މާދަމާ އަށް ފަސްކޮށްފި

ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވާ ގއ. ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސެއިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއދު ބާއްވަން ތާވަލް ކުރި ޝަރިއަތް މަޖްލިސް، ފެއްޓުމަށްފަހު ވަގުތު ނެތިގެން މާދަމާ އިތުރު އަޑުއެހުމެއް ބާއްވާ ގޮތަށް ނިންމައިފި އެވެ.

މިއަދު ސްޕްރީމް ކޯޓުގައި ސައުދު ހުށަހެޅުއްވި މައްސަލައިގެ ތަފްސީލް އިއްވުމަށްފަހު ވަނީ އަޑުއެހުން ވަނީ ހުއްޓާލާފައެވެ.

ސައުދުގެ ގާނޫނީ ވަކީލް އަލީ ޝާހު ވިދާޅުވީ ސައުދުގެ މައްސަލައިގެ ތަފްސީލު ހުށަހަޅާފައިވާ ކަމަށެވެ. ޝާހު ވިދާޅުވީ ސައުދު ޕީޕީއެމްއިން މިއަހަރު އެޕްރީލް މަހު ވަކިވެވަޑައިގެންފައިވާ ކަމަށާއި ޕީޕީއެމް ދަފްތަރުން ވަކިކޮށްދިނުމަށް މިދިޔަ ޖުލައި މަހު 10 ވަނަ ދުވަހު އެދިފައިވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަސް ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވާއިރު އޭގެ ތެރެއިން 4 މެމްބަރުން ވަނީ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އެގޮތުން މިއަދު ތުލުސްދޫ ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއްް ވަނީ ބާއްވާފައެވެ.