ވީނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާން ގެއްލުނުތާ 3 އަހަރު ފުރުން ފާހަގަކުރުމަށް އޭނާގެ އާއިލާއާއި ހެޔޮއެދޭ ފަރާތަކުން މާލޭގައި ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސް އަޅައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.
Male' gai mihaaru kuriahdha evvun roolha levifaivany sulhaverikamaaeku evveulhumuge minivankamuge ganoonai khilafah evvun kuriah gendhiumun.
— Maldives Police (@PoliceMv) August 8, 2017
ފުލުހުން މިއަދު ހަވީރު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގައި ކުރިއަށްގެންދިޔަ ހިނގާލުން ރޫޅާލާފައިވަނީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.
Findmoyameeha https://t.co/sQ4dl2HMEl
— Aishath Jennifer ⚖️ (@JenniferAishath) August 8, 2017
ހިނގާލުމުގެ ބައިވެރިން ފުލުހުން ހުއްޓުވާފައިވަނީ ޕެޕަ ސްޕްރޭޖަހައިގެންނެވެ. އެގޮތުން މަހްލޫފު އާއި އާޒިމްގެ އިތުރުން އިތުރު 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ވަނީ ގެންގޮސްފައެވެ.
ރިލްވާންއަށް ވީނުވީއެއް ނޭގިގެން އާއިލާއިން މަސައްކަތް ކުރަމުން އަންނައިރު މިހާރު އާއިލާއިން އެދެމުންދަނީ ރިލްވާން ދުނިޔޭގައި ހުރިތޯ ނުވަތަ ނޫންތޯ ސާފުކުރުމަށެވެ.
Evvumuge baiverin gengulhunu boardthakaa banner thah SO fuluhun gadha baarun athulaifi #happeningnow #Findmoyameeha pic.twitter.com/KT1YZP1Dn9
— ? (@Simwarr) August 8, 2017
ރިލްވާން ގެއްލުނު ހާދިސާއަށް ތިން އަހަރު ފުރިގެންދާއިރު އެކަން ހިނގައި ިޔަގޮތް ފުލުހުންނަކަށް އާއިލާއަށާއި ދިވެހި ރައްޔިތުންނަށް އަދިވެސް ކިޔާ ނުދެވެއެވެ. އެކަމާއި ގުޅިގެން ކުރަމުންދާ ތަހްގީގަށް ބޮޑު ކުރިއެރުމެއް ލިބިފައި ނުވެއެވެ.