ޗެމްޕިއަން ޓީމަށް 100،000ރ. ގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ "ގްލޯބަލް ލިންކްސް ޗެލެންޖް 2013" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު އިއްޔެ ހަމަވި އިރު ބައިވެރިވެފައި ވަނީ ހަ ޓީމަކުން ކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނެފި އެވެ.
އިންތިޒާމް ކޮމެޓީގެ ފަރާތުން އަލްޠާފް (އަލްޓީ) "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މުބާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވި އިރު ބައިވެރިވުމަށް ފޯމް ހުށަހަޅާފައި ވަނީ ހަ ޓީމަކުން ކަމަށެވެ.
އެގޮތުން މިހާތަނަށް ބައިވެރިވެފައި ވަނީ ހިތަދޫން ހަތަރު ޓީމަކާއި، ފޭދޫ ޓީމެއްގެ އިތުރުން މަރަދޫ ޓީމެކެވެ.
ޖުމްލަ 10 ޓީމަށް ފުރުސަތު ދިން މި މުބާރާތުގެ ގުރުއަތުލުން ބާއްވަން ހަމަޖައްސާފައި ވަނީ މި ހުގެ 8 ވަނަ ދުވަހުގެ ރެ އެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި ހުގެ 15 ވަނަ ދުވަހު ހަވީރު ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.