Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

"ސްޓާ ބަކްސް" ކޮފީ ރާއްޖެ އަށް ތައާރަފުކޮށްފި

މަޝްހޫރު ސްޓާބަކްސް ބްރޭންޑްގެ ކޮފީ ރާއްޖެ އަށް ލިލީން ތައާރަފުކޮށްފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ފުޑް އެންޑް ހޮސްޕިޓެލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެެޗްއޭއެމް) މައުރަޒުގައި ސްޓާބަކްސް ރާއްޖެއަށް ތައާރަފު ކުރީ އިއްޔެ އެވެ.

އައްޑޫގައި ވެސް ޑިސްޓްރިބިއުޝަން ފިހާރައެއް ހުންނަ ލިލީން ރާއްޖެ އަށް ތައާރަފުކުރީ ފުޅީގައި ބަންދުކޮށްފައި ހުންނަ ސްޓާބަކްސް ކޮފީ އެވެ.

ލިލީން ބުނީ މި ޕްރޮޑަކްޓްތައް ތައާރަފު ކުރީ އަޖުމަ ބެލުމުގެ ގޮތުން ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޑިމާންޑަށް ބަލައި، ސްޓާބަކްސްގެ އިތުރު ޕްރޮޑަކްޓްތައްވެސް ރާއްޖެ ގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓާބަކްސް ކޮފީގެ ދެ ވައްތަރެއް މިއަދު ވަނީ ތައާރަފުކޮށްފައެވެ. އެއީ ކޮފީ އަދި މޮކާއެވެ. މި ދެ ބާވަތްވެސް ބަންދުކޮށްފައި ހުންނަނީ 200 މިލިލީޓަރުގެ ބިއްލޫރި ފުޅީގައެވެ.

ސްޓާ ބަކްސް ކޮފީގެ އިތުރުން ސްޓާބަކްސް ބްރޭންޑްގެ ބެލްޖިއަން ވޮފްލް އާއި ޗިޕްސް އަދި ބަދަން ވެސް ލިލީން ވަނީ ތައާރަފުކޮށްފަ އެވެ.