Last Updated: May 2, 10:39
Friday, May 2, 2025
މުނިފޫހިފިލުވުން

"ހައްދު" ގެ ޓިކެޓް އައްޑޫން މިހާރު ބުކްކުރެވޭނެ

އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އައްޑޫގައި އަޅުވާ ޑައިރެކްޓަރު އަބްދުކް ފައްތާހްގެ ފިލްމް "ހައްދު" ގެ ޓިކެޓް އައްޑޫން މިހާރު ބުކް ކުރެވޭނެ ކަމަށް ފައްތާހް ބުނެފި އެވެ.

އައްޑޫން ޓިކެޓަށް ހާއްސަކޮށްފައިވާ ހޮޓްލައި ނަމްބަރަކީ 7690575 އެވެ.

"ހައްދު" ހިތަދު އާއި މަރަދޫގައި އަޅުވަން ވަނީ ނިންމައިފަ އެވެ. އަދި ފިލްމް އައްޑޫގައި އަޅުވާނީ ކުލަގަދަ ޕްރިމިއަކާ އެކު ކަމަށް ފައްތާހް ބުންޏެވެ.

އެގޮތުން ފިލްމުގެ ލީޑް ކާސްޓާއި ލަވަ ކިޔުންތެރިންނާއި ކްރޫގައި ހިމެނޭ އިސް ބައެއް މީހުން ޕްރިމިއާގައި ބައިވެރިވާނެ އެވެ.

"ހައްދު" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.

މި ފިލްމް މާލޭގައި ޕްރިމިއާ ކުރާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރެ އެވެ.