Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ޕާޓީން ވަކިވިޔަސް ގޮނޑި ނުގެއްލޭ މާއްދާ އުވާލަން ދައުލަތުން އެދިއްޖެ

ޕާޓީން ވަކިވިޔަސް އިންތިޚާބުވެފައިވާ ގޮނޑި ނުގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔެފައިވާ މާއްދާ އުވާލުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

މިއަދު ކުރިއަށްދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުމުގެ މައްސަލާގައި ކުރިއަށްދާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން އެދިފައިވަނީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާގެ ބ އުނިކޮށްދިނުމަށެވެ.

ގާނޫނު އަސާސީގައި ސަރީހަ އިބާރާތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރަކު ޕާޓީއިން ވަކިވިނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާއިރު ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެކަމަށް މިދިޔަ މަހު މައްސަލަ ހުށައަޅާފައެވެ.

މައްސަލަ ބައްލަވާފައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތާއި އެއްގޮތަށް ހުކުމް ކުރައްވައ މައްސަލަ ނިންމަވާފައެވެ.