ސަރުކާރު ކުންފުނިތަކުން ކުރާ ހުރިހާ ވައްކަމަކީ ރައީސް އަބްދުﷲ ޔާމީނަށް ބައި އަޅާގޮތަށް ރައީސް އަޑީގައި ހުންނަވައިގެން ކުރާ ވައްކަން ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ތުހުމަތު ކުރައްވައިފި އެވެ.
Sarkaaruge kunfunithakun kuraa Hurihaa vahkameh kuranee RYameen ah bai alhaa gothah RY Adeega hunnavaigen.
Dhaulatheh Rolah handhamaalanee.— Mohamed Musthafa (@Thimarafushi) August 9, 2017
މުސްތަފާގެ ތުހުމަތުތައް ރައީސް ޔާމީނަށް އަމާޒުވެފައިވާއިރު މިއަދު އޭނާގެ ޕާސްޕޯޓު ވަނީ ތިން މަސް ދުވަހަށް އިމިގްރޭޝަނުން ހިފަހައްޓާފައެވެ.
މިސަރުކާރުގެ ސިޔާސަތުތަކަށް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ފާޅުގައި ފާޑުވިދާޅުވާން އެންމެ ފުރަތަމަ ފެއްޓެވި މެމްބަރު މުސްތަފާ ވަނީ މިދިޔަ މަހު ޕާޓީން ވަކިކޮށްފައެވެ.
ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަނުގެ ވާހަކައާއި ރައީސް ޔާމީނަށް މުސްތަފާގެ ތުހުމަތުގެ އިނގިލި ދިމާވެފައިވާއިރު ސަރުކާރު ހިއްސާ އޮންނަ އެމްއާރުޑީސީގެ ކޮރަޕްޝަނުގެ ވާހަކަތަކެއް ސޯޝަލް މީޑިޔާގައި ވަނީ ފެތުރިފައެވެ.