Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

"ބާދްޝާހޯ" ގެ ޓްރެއިލާ ދައްކާލައިފި

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މިލަން ލުތުރިއާ ގެ ފިލްމް ކަމަށްވާ "ބާދްޝާހޯ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ގާތްގަނޑަކަށް ދެ މިނެޓް ހާއިރަށް ދެމިގެންދާ އެ ޓްރެއިލާ އިން ފިލްމްގެ އެކިއެކި ކެރެކްޓަރުން ފެނިގެންދެ އެވެ. އެގޮތުން ފިލްމްގައި އެންމެ އިސްކޮށް ފެނިގެންދާނީ އަޖޭ ދޭވްގަން، އިމްރާން ހާޝްމީ، ވިދްޔުތް ޖަމްވަލް، އިލިއާނާ ޑި'ކްރުޒް، އީޝާ ގުޕްތާ އަދި ސަންޖޭ މިޝްރާ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ފިލްމް އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ އުފެދުނީ 1999 ގެ ވަނަ އަހަރު ނެރުނު ފިލްމް "ކައްޗޭ ދާގޭ" ގައި އަޖޭ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެހެންނަމަވެސް ޑައިރެކްޓަރު ބުނީ އޭގެ ފަހުން އެހެނިހެން ފިލްމްތަކާއިގެން އޭނާ މާބޮޑަށް ބިޒީ ވީ ކަމަށެވެ. ނަމަވެސް އަބަދުވެސް މި ފިލްމްގެ ވާހަކަ އޭނާގެ ހަނދާނުގައި ހުރި ކަމަށެވެ.

"ބާދްޝާހޯ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.