ސަރުކާރުގެ ވަޒީފާއަކުން ކަނޑާލި އެއްވެސް މީހަކު އަދި މިހާތަނަށް ރާއްޖޭގައި ބަނޑަށް މަރުވެފައި ނުވާކަމަށާއި، މަގުމަތީގައި ނިދާކަށް ވެސް ޖެހިފައި ނުވާކަމަށް ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ސުއޫދު މިފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު މިދިޔަ ހޯމަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިވަން މުވައްސަސާތަކާއި ބައެއް ސަރުކާރުގެ ވެރީންނަށް އަމާޒުކޮށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން މިނިވަން މުވައްސަސާތަކުގެ ވެރިން މަސައްކަތް ކުރައްވަނީ އަމިއްލަ މަސްހަލަތަށްޓަކައި ވަޒީފާގެ ދަހިވެތިކަމުގައި ކަމަށެވެ.
Sarukaaruge magaamakun kandaalumuge sababun adhi evves meehaku raajjeygai bandah mareh nuvey, adhi magumatheegai nidhaakah ves nujehey.
— Husnu Al Suood (@hsuood) August 9, 2017
ޖުޑިޝަރީ އާއި ރައީސުލް ޖުމްހުރިއްޔާ އަދި މިނިވަން މުވައްސަސާތަކަށް ސުއޫދު ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެ ޖަލްސާގައި ޕީޖީއަށް އަމާޒު ކުރައްވައި ސުއޫދު ވިދާޅުވީ ޕީޖީ އަތުގައި އޮތީ ޓެރަރިޒަމް ގާނޫނު އެކަނިކަމަށެވެ.
ސުއޫދު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ މިނިވަން މުއައްސަސާތަކެއް އުފެއްދީ ދިވެހިރާއްޖޭގައި ޑިކްޓޭޓާޝިޕަކަށް ޖާގަ ނުދީ ފާރަވެރިވާނެ ބަޔަކު ކަނޑައެޅުމަށްކަމަށާއި ނަމަވެސް މިއަދު މިނިވަން މުވައްސަސާތައް ހިގަނީ މެދެންނެވި އުސޫލުން ބޭރުން މުއައްްސަސާތަކުގެ މެމްބަރުންގެ އަމިއްލަ ވަޒީފާ އާއި އިނާޔަތްތަކާއި ކުރިއެރިއެރުމާއި ތަނަވަސްކަން ހޯދުމަށް ކަމަށެވެ