އިންސާފު މަރުވެ ކުނިވުމުން ދުވާ ހުރިހާ ވަހެއް ދިވެހި ދައުލަތުން އެބަ ދުވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވާހީދު ވިދާޅުވެއްޖެއެވެ.
2015 މޭއި ޑޭ މުޒާހަރާއަށް ފަހު ގައުމުން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
Insaaf maruve kuniveema dhuvaane hurihaa vaheh, dhivehi dhaulathun eba dhuvaa.
— Ali Waheed (@ali20waheed) August 9, 2017
ނުސީދާގޮތަކަށް ރާއްޖޭގެ ޝަރުއީ ދާއިރާއަށް އަމާޒު ކުރައްވައި އަލީ މވަހީދު މިހެން ވިދާޅުވިއިރު މިދުވަސްވަރަކީ ރާއްޖޭގެ ސުޕީރިއާ ކޯޓުތަކުގައި "ފަޓާސް ބަރިއެއް" ހެން ސިޔާސީ ފަރާތްތަކުގެ ޝަރީއަތް ހިނގަމުންދާ ދުވަސްވަރެކެވެ.
އެގޮތުން މަޖްލިސްގެ 4 މެމްބަރަކު ޖަލަށް ލާފައިވާ އިރު އެތައް މެމްބަރުންނެއްގެ މައްޗަށް އެކި ތުހުމަތު ކުރެވި ދަނީ ފުލުސް އޮފީހަށާއި ކޯޓުތަކަށް ދަމަމުންނެވެ.