Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އަނަސްގެ މަރުގެ މައްސަލަ މަޖިލީހުގެ ސަލާމަތީ ކޮމެޓީން ސިއްރުކޮށްފި

އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ ރ. މީދޫ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމެޓީ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު ހެނދުނު 10 ޖެހިއިރު ފެށުމަށް ހަމަޖެހިފައިއޮތް ކޮމެޓީ ސިއްރުކޮށްފައިވާކަން ނޫސްވެރިންނަށް އެންގީ އެކޮމަޓީގެ ބައްދަލުވުން އަޑުއަން ނޫސްވެރިން މަޖްލިސްއަށް ގޮސްފައިވަނިކޮށެވެ.

އިދިކޮޅު އެމްޑީޕީ މެމްބަރުން މި މައްސަލަ ވަނީ މަޖްލިސްގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ގައުމީ ސަލާމަތުގެ ކޮމިޓީގެ އިތުރުން ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށްވެސް ހުށަހަޅާފައެވެ.

އަނަސްގެ މަރާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަނަސްގެ މަރުގެ ތަހްގީގު ފުލުހުން ކުރަމުން ދަނިކޮށް ރައީސް ޔާމީންވަނީ އަނަސް މަރާލީ އޭނާލައިގެން ހުރި ޓީޝާޓްގެ ކުލައިންކަމަށް ވިދާޅުވެފައެވެ. މިވާހަކަތަކާއި ގުޅިގެން ފުލުހުން އިތުރު އެއްވެސް ވާހަކައެއް ނުދައްކަވައެެވެ.