Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އިންސާފުވެރި ހުކުމަކަށް އުއްމީދު ކުރަން: ފިޔާޒު

ރާއްޖެ ޓީވީގެ ސީއީއޯ، ހުސެއިން ފިޔާޒު، ފޮޓޯ: ރާއްޖެއެމްވީ

އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށާއި އުއްމީދަކީ އިންސާފުވެރި ހުކުމެއް އަންނާނެކަމަށް ކަމަށް ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.

އަތްލުމުގެ ދައުވާ އުފުލި މިއަދު މެންދުރު ހުކުމް އިއްވުމަށް ކުޑަތަންވެފައިވަނިކޮށް ވީޑިއޯ މެސެޖެއް މެދުވެރިކޮށް ފިޔާޒު ވިދާޅުވީ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އުއްމާީދަކީ އިންސާފުން ހުކުމް ކުރާނެކަމަށް ކަމަށެވެ.

ނޫސްވެރިންނާއި، މީޑިއާ އާއި ދެކޮޅަށް އެތައް ފިއްތުންތަކެއް ކުރިމަތިވެފަިއވާ މިދަނޑިވަޅުގައި ފިޔާޒު ވިދާޅުވީ ހުރިހާ ނޫސްވެރިންވެސް ހިތްވަރު ކުރަންޖެހޭ ކަމަށެވެ.

ފިޔާޒުގެ މައްޗަށް އުފުލާފައިވާ އަތްލުމުގެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބީ ތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ފިޔާޒަކީ 17 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ނޫސްވެރިކަމުގައި ހަރަކާތްތެރިވެފައިވާ ނޫސްވެރިއެކެވެ. ފިޔާޒު ދަންނަ ގިނަ ފަރާތްތަކުން ދަނީ ފިޔާޒު އެފަދަ ފިނޑި އަމަލެއް ނުކުރާނެކަމަށް ބުނަމުންނެވެ.