ރާއްޖެ ޓީވީގެ ސީއީއޯގެ މައްޗަށް އުޔފުލާފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ހުކުމް ކުރުން ފަސްކޮށްފިއެވެ.
ފިޔާޒުއަށް ހުކުމް ކުރަން ނިންމާފައި އޮތީ މެންދުރު 2 ޖަހާއިރުއެވެ. ފިޔާޒުގެ މައްސަލައިގެ ހުކުމް ކުރުން ފަސްކުރި ސަބަބެއް އަދި މި މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތް ދެން ބާއްވާނެ ތާރީހެއްވެސް ކްރިމިނަލް ކޯޓުން ނުބުނެއެވެ.
ޔާޒުގެ މައްޗަށް އުފުލާފައިވާ އަތްލުމުގެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބީ ތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ފިޔާޒަކީ 17 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ނޫސްވެރިކަމުގައި ހަރަކާތްތެރިވެފައިވާ ނޫސްވެރިއެކެވެ. ފިޔާޒު ދަންނަ ގިނަ ފަރާތްތަކުން ދަނީ ފިޔާޒު އެފަދަ ފިނޑި އަމަލެއް ނުކުރާނެކަމަށް ބުނަމުންނެވެ.