Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އޭޖީގެ އިތުބާރުގެ މައްސަލަ އަނެއްކާ ވެސް މަޖިލީހަށް

ކުރީގެ ބަންޑާރަ ނައިބް މުހައްމަދު އަނިލް

ބަންޑާރަ ނައިބް މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މިއަދު މަޖްލިސްއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މިއަދު 13:20 ގައި މަޖްލިސްގެ އިދާރާއިން ވަނީ ބަލައިގެންފައެވެ.

ގުޅިފައިވާ ޕާޓީތަކުން އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިފަހަރު ހުށަހަޅާފައިވަނީ 24 މެމްބަރުންގެ ސޮޔާއިއެކުއެވެ.

އަނިލްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ދައުލަތުގެ ނިޒާމު ގަޑުބަޑުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައްގުތައް ނިގުޅައިގަނެ މެމްބަރުންގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށް ބުނެއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެމީހަކު އިންތިޚާބުވެފައިވާ މަގާމުގއި ދެމި ހުންނާނެ ކަމަށް ބުނެފައިވާއިރު، އެ މާއްދާއަށް ބެލުމެއްނެތި ސުޕްރީމް ކޯޓުގައި ވަކާލާތުކޮށް ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ އިމްތިޔާޒަށް އަރައިގަނެ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑާލާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ