ރަހުމްކުޑަ އަނިޔާވެރިގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ބޭރުކޮށްލައިފި އެވެ.
ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން މައްސަލަ ނުބަލަން ނިންމީ އެމައްސަލައަކީ ފުލުހުން ހާއްސަ އިސްކަމެއްދީގެން ބަލަމުންދާ މައްސަލައަކަށް ވެފައި މައްސަލައިގެ ތަހްގީގަށް ހުރަސް އެޅިދާނެ ކަމަށް ބުނެއެވެ.
އަނަސްގެ މައްސަލަ މަޖްލިސްގެ ތިން ކޮމެޓީއަކީ އަކަށް ވަނީ ހުށަހަޅާފައެވެ.
ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މިކޮމެޓީން މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމިއިރު މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ކޮމެޓީ ބައްދަލުވުން ސިއްރުކޮށްގެންނެވެ.