Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ނަދީމްގެ މަރާއި ގުޅިގެން ގެއެއް ބަލައި ފާސް ކުރަނީ

ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއް ރަހްމާން މަރާލި މައްސަލައިގެ ތުހުމަތުގައި މާލޭގެ ގެއެއް ފުލުހުން ބަލައި ފާސް ކުރަމުން އެބަދެއެވެ.

ފުލުހުން ފާސް ކުރަމުން ދަނީ ގ. ޖެލީފިޝް ކިޔާގެއެކެވެ. މިގެ ބަލައި ފާސް ކުރާއިރު މި ހާދިސާ އާއި ގުޅިގެން އަދި މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ވަނީ މޮނިކޮމް އަމުރުގެ ދަށުން ޓެގް އަޅުވާފައިވާ ޒުވާނަކު މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.