Last Updated: June 29, 19:00
Monday, June 29, 2026
މުނިފޫހިފިލުވުން

ސަންޖޭގެ "ބޫމީ" ގެ ޓްރެއިލާ ދައްކާލައިފި

ގިނަ ދުވަސްތަކަކަށްފަހު ސަންޖޭ ދަތް ކުޅެފައިވާ ފިލްމް "ބޫމީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އޮމަންގް ކުމާރް ޑައިރެކްޓް ކުރި މި ފިލްމްގެ ޓްރެއިލާ ދައްކާލާފައިވަނީ އިއްޔެ އެވެ. މި ފިލްމްގައި ސަންޖޭ ފެނިގެން ދާނީ ބައްޕައެއްގެ ރޯލުންނެވެ.

ދެ މިނެޓް 41 ސިކުންތަށް ދެމިގެންދާ މި ފިލްމްގެ ޓްރެއިލާ އިން އަރުން (ސަންޖޭ ދަތް) އާއި ބޫމީ (އަދިތީ ރާއޯ) ގެ ދިރިއުޅުން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. މި ޓްރެއިލާ އިން ބައްޕައަކާއި ދަރިއެއްގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައެވެ.

މީގެ ކުރިން ސަންޖޭ ދަތް ފެނިގެންދިޔަ އެންމެ ފަހު ފިލްމަކީ "ޕީކޭ" އެވެ. އެ ފިލްމުން އޭނާ ފެނިގެން ދިޔައީ ޚާއްސަ ފެނިލުމަކުންނެވެ.

"ބޫމީ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 22 ސެޕްޓެމްބަރު 2017 ގައެވެ.