"މިނިވަންކަން ހޯދުމަށް މުޅި ރާއްޖެ" މަގުތަކަށް އިދިކޮޅު ފަރާތްތަކުން މިއަދު ނިކުންނަން ނިންމައިފިއެވެ.
މާލެ އާއި އަތޮޅުތަކުގައި މިއަދު މި ހަރަކާތް ބާއްވާއިރު އައްޑޫގައި މި ހަރަކާތް ފެށުމަށް ނިންމާފައިވަނީ މިއަދު މެންދުރު ފަހު 3:45 ގައި ފޭދޫ އެމްޑީޕީ އޮފީސް ކުރިމަތިންނެވެ.
މިނިވަންކަން ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން މިއަދު ނިކުންނައިރު މި ހަރަކާތާއި ގުޅިގެން އައްޑޫގައި ތިއްބަވާ ފުލުހުންގެ އިސްވެރިންވަނީ ކައުންސިލް އާއި އަދި އެމްޑީޕީގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ފުލުހުންގެ ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީ އިސް ބޭފުޅަކު ބުނީ މިއަދުގެ ހަރަކާތަށް ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންދީފައިވާ ކަމަށެވެ.
އެގޮތަށް ފުލުހުން ވިދާޅުވުމާއި ގުޅިގެން އެފަރާތްތަކުން ވަނީ އެ އެއްބާރުލުމަކީ މިހާރު މާލޭގައި ކުރިއަށް ގެންދާ ހަރަކާތްް ހުއްޓުވުމަށް ފުލުހުން ބޭނުންކުރާ ބާރުތޯ ސުވާލު ކުރައްވާފައެވެ
އިދިކޮޅު ޕާޓީތައް ގުޅިގެން މިއަދު ބޮޑު ހަރަކާތެއް ރާވާއިރު މަޖްލިސް މެމްބަރުންގެ ގޮޑި ގެއްލުވާލައި އޭގެތެރެއިން 5 މެމްބަރަކު ޖަލުގައި ބަންދުކޮށްފައިވާތީ ކޮންމެ ރެއަކު ހުއްޓުމެއް ނެތި މާލޭގައި ދަނީ އިހްތިޖާޖު ކުރަމުންނެވެ.