Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ހުޅުލޭގައި ކާރެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓިއްޖެ

މޫދަށް ވެއްޓުނު ކާރު: ފޮޓޯ - ސަން

ހުޅުލޭގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލު ނުވެ މޫދަށް ވެއްޓި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ވެއްޓިފައިވަނީ ހުޅުލޭ އިރުމަތީ ފަރާތުން ހުޅުމާލެއަށް ދަތުރުކުރަން ހަދާފައި އޮންނަ މަގުން ދުއްވާފައި ދިޔަ ކާރެކެވެ.

ކާރު އެކްސިޑެންޓުވިއިރު ދެ މީހުން ކާރުގައި ތިބިނަމަވެސް ދެމީހުނަށްވެސް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މޫދުގައި ބޮޑެތި ހިލަ ޖަހާފައިވާއިރު ކާރު ގޮސް މޫދަށް ވެއްޓިފައިވަނީ ހިލަ މަތިންނެވެ.

އޭގެ ސަބަބުން ކާރަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މޫދަށް ވެއްޓިފައިވަނީ ޕައިން ލޮޖް ގެސްޓުހައުސްގެ ކާރެކެވެ. ކާރު މޫދުން ނެގުމުގެ މަސައްކަތް މިހާރު ފުލުހުން ވަނީ ފަށާފައެވެ.