Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

މާޒިޔާގެ ޗެއާމަނަކަށް އަނެއްކާވެސް ސާޖިދު

ރޭ ކުރިއަށްދިޔަ މާޒިޔާގެ އިންތިހާބުގެ ތެރެއިން--ފޮޓޯ / ފޭސްބުކް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ޗެއާމަންގެ މަޤާމަށް އަހުމަދު ސާޖިދު އިންތިހާބު ކޮށްފިއެވެ.

މިއީ އޭނާ އެ މަޤާމަށް އިންތިހާބުވި ހަތަރު ވަނަ ފަހަރެވެ.

އެ ކްލަބްގެ ޗެއާމަންގެ އިތުރުން އެހެނިހެން މަޤާމްތަކަށްވެސް މީހުން ވަނީ އިންތިހާބު ކޮށްފައެވެ.

އެއީ:

  • ކްލަބުގެ ޗެއާމަން- އަހްމަދު ސާޖިދު
  • އެޑްމިނިސްޓްރޭޝަން ވައިސް ޗެެއާމަން- އިބްރާހިމް ވަހީދު
  • ސޯޝަލް ވައިސް ޗެއާމަން – އަބްދުލް މުހައިމިން
  • ސްޕޯޓްސް ޗެއާމަން – އަބްދުﷲ މޫސާ
  • ފައިނޭންސް ވައިސް ޗެއާމަން – މުހައްމަދު ނައީމް
  • ޖެނެރަލް ސެކްރެޓަރީ – އަބްދުލް ވައްހާބު
  • ޓްރެޜަރާ – ފާތިމަތު ޝާއިރާ
  • މެނޭޖާރ އޮފް ސްޕޯޓްސް – މުހައްމަދު ސުވެއިދު
  • އިންތިޒާމް ސެކްރެޓަރީ – އަހުމަދު ސުޒެއިރު އަދި
  • ނައިބު އިންތިޒާމް ސެކްރެޓަރީ- މުހައްމަދު ޝިފާޒް
  • ލިއޭޜަން އޮފިސަރު – އަކުރަމް ރަމްޒީ
  • އިތުރު މެންބަރުން:

  • އަހުމަދު ޝިފާޒް
  • ހަސަން ޝިފާން
  • ހަސަން ޝާފިއު
  • އަލީ ޝާހިދު
  • އިބްރާހިމް ޝާފިއު
  • އެ ކްލަބްގެ އެކިއެކި މަޤާމްތަކަށް މީހުން ހޮވާފައި ވަނީ ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި އިންތިހާބެއްގަ އެވެ.

    ހަތަރު ވަނަ ދައުރަށް ހޮވުމާއި ގުޅިގެން ސާޖިދު ވިދާޅުވެފައި ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް ކްލަބް ވަނީ ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބަށް ވެފައި ކަމަށާއި، އެހާ ބޮޑު ކުރިއެރުމެއް ލިބުމުގެ ހަޤީގަތަކީ ކްލަބްގެ ހުރިހާ މެމްބަރުންގެ އެހީތެރިކަން ކަމަށެވެ.

    ސާޖިދު އިތުރަށް ވިދާޅުވީ މާޒިޔާ އަބަދުވެސް ދާނީ ކުރިއަށް ކަމަށައި، ކްލަބްގެ ސަފުތައް އަބަދުވެސް ބަދަހިވާނެ ކަމަށެވެ.